ރައީސުލްޖުމްހޫރިއްޔާގެ ޙާއްސަ މުޝީރުގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން އެ މަޤާމުން މިއަދު އިސްތިޢުފާ ދެއްވައިފިއެވެ.
މިކަން އިއުލާންކޮށްފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
އޮފީހުން ބުނި ގޮތުގައި ރައީސް ވަޙީދުގެ އިސްތިޢުފާގެ ސިޓީވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައެވެ.
ރައީސް ވަޙީދު އިސްތިއުފާ ދެއްވާފައި މިވަނީ އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ ”ޖެފްރީ އެޕްސްޓީން“ އާއި ގުޅުންހުރި ބައެއް ވާހަކަތަކެއް ފެންމަތިވެ ހޫނު ބަހުސްތަކެއް ކުރެވުންދާ ވަގުތެއްގައެވެ.
ރައީސް ވަޙީދު ރައީސުލްޖުމްހޫރިއްޔާގެ ޙާއްސަ މުޝީރެއްގެ ގޮތުގައި އައްޔަން ކޮށްފައިވަނީ 26 މެއި 2025 ގައެވެ.

































