ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި 159 ފުޅި ބަނގުރާ ނައްތާލާއިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ޖަނަވަރީ މަހުގެ 31ވަނަ ދުވަހު ނައްތާލާފައި ވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޑިސެމްބަރު 31 ގެ ނިޔަލަށް އެކި މައްސަލަތަކުގައި ނައިފަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށަށް ގެނެސްފައިވާ 156 ފުޅި ބަނގުރަލާއި 93 ދަޅު ބިޔަރެވެ.
ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލާފައިވާ ކޮމެޓީގެ ބެލުމުގެދަށުންނެވެ.

































