ސަރުކާރުން މީޑިއާތަކަށް ދޭން ނިންމާފައިވާ މާލީ އެށް އެދުމުގެ ފުރުސަތަށް ހުޅުވާލައިފި އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ބުނީ އެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 28 އާ ހަމައަށެވެ. އެހީ އަސް އެދި ހުށަހަޅާނީ މި ޕޯޓަލް mediaapp.one.gov.mv މެދުވެރިކޮށެވެ.
މިއީ ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ އެހީއެކެވެ.
މިއީ މީޑިއާތަކަށް ދޭން ނިންމާފައިވާ މާލީ އަށް އެދުމުގެ ފުރުސަތު އެމްއެމްބީސީން މި ހުޅުވައިލީ ކުރިން އިންފޮމޭޝަން މިނިސްޓްރީގެ ދަށުން މި މަސައްކަތް ކުރިއަށް ގެންދަން ނިންމައި ޝަރުތު ހަމަވާ 18 މީޑިއަކަށް އެހީ ދޭން ނިންމާފައި ވަނިކޮށް، އެކަން ބާތިލުކޮށް ކޮމިޝަނާ މިކަން ހަވާލު ކުރުމާ ގުޅިގެންނެވެ.
ކުރިން 18 މީޑިއާކަށް 28 މިލިއަން ރުފިޔާ ދޭން ނިންމިކަން އިއުލާންކުރި އެވެ.
މީޑިއާތަކަށް މާލީ ދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އަމިއްލަ މީޑިއާތަކަކީ މާލީ ގޮތުން ފުދުންތެރި އަދި ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މީޑިއާއެއްގެ ގޮތުގައި ހިންގުމަށް އެހީތެރިވެ ދިނުމެވެ.


































