އައްޑޫ ސިޓީ މަރަދޫގައި އަލަށް ޢިމާރާތް ކުރެވުނު މިސްކިތް ހުޅުވައިފި އެވެ.
މިއަދު ހުކުރު ނަމާދުގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި މި މިސްކިތް ހުޅުވައި ދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އެވެ.
މަރަދޫ ބަނދަރު މަތީގައި އިމާރާތްކޮށްފައިވާ މި މިސްކިތަކީ މިދިޔަ ސަރުކާރުން ހިންގި މަޝްރޫއެކެވެ. ޖުމްލަ 500 މީހުންގެ ޖާގައިގެ މި މިސްތުގެ ބިންގާ އެޅީ އެޅީ މާޗް 10، 2022 ގަ އެވެ. މިސްކިތުގެ ކޮންޓްރެކްޓަރަކީ ހިތަދޫ ކުންފުންޏެއް ކަމަށްވާ ބީއޭޕީސީ އެވެ.
މަރަދޫ އާ މިސްކިތް މިއަދު ހުޅުވާފައިވާއިރު، މިއީ ހިތްގައިމު ރީތި އަދި މަރަދޫގެ މަލަމައްޗަށް ވެސް އިތުރު ފުރިހަމަކަމެއް ގެނުވައި ދީފައިވާ ބިނާއެކެވެ.

































