ރައީސް ޑރ. މުހައްމަދު މުއިއްޒު، ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް މިއަދު ފަސް މެންބަރުން ޢައްޔަނުކުރައްވައިފި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ޢައްޔަންކުރެއްވި ފަސް ބޭފުޅުންނަކީ، ސ.ހިތަދޫ މާވަހި، ޙަސަން ނާޞިޙް އަޙްމަދު، ށ.ކޮމަންޑޫ ޗަމަން، އަލްއުސްތާޛާ އުސާމާ މޫސާ، ހމ.ފްލެޓްނަންބަރު 02-2-88، އަލްއުސްތާޛާ ޢާއިޝަތު އިޝާ، ގއ.ނިލަންދޫ ގަސްދޮށުގެ، އަލްއުސްތާޛާ ޝިފްޒާ ޢަބްދުލްޤައްޔޫމް އަދި ގދ.ގައްދޫ ބީޗްކޯނަރ، އަޙްމަދު ޔާމީން އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މިހާރު ތިއްބެވި ފަސް މެންބަރުންގެ މުއްދަތު އިއްޔެ ހަމަވުމާއި ގުޅިގެން، މެންބަރުކަމަށް، މި ފަސްބޭފުޅުން ޢައްޔަންކުރައްވާފައިވަނީ އިއްޔެ އެވެ.

































