ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސްކޫލް އޮފް މެޑިސިންގައި ކިޔެވި ދަރިވަރުންގެ ފުރަތަމަ ބެޗު މިއަދު ދަސްވެނިވެއްޖެއެވެ.
ބުރާސްފަތި ދުވަހު އެމްއެންޔޫގައި ބޭއްވި ދަސްވެނިވުމުގެ ހަފުލާގައި ކޯހުން ފުރިހަމައަށް ފާސްވެ ސްކޫލް އޮފް މެޑިސިންގެ 21 ދަރިވަރުން ދަސްވެނިވެފައި ވެއެވެ.
މި ރަސްމިއްޔާތުގައި ދަސްވެނިންނަށް ސަނަދު ހަވާލުކޮށް ކޮށްދެއްވީ އެމްއެންޔޫގެ ޗަންސެލަރު ޑރ. މަހުމޫދު ޝައުގީއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. މަހުމޫދު ޝައުގީ ވިދާޅުވީ، މިއަދު ކުރިއަށްދަނީ ވަރަށް ތާރީޚީ ދަސްވެނިވުމުގެ ހަފުލާއެއް ކަމަށެވެ.
އަދި ހިނދުކޮޅެއްގެ ތެރޭގައި 311 ދަރިވަރަކު ކުރި ބުރަ މަސައްކަތުގެ އަރުތަ ރަމްޒުކޮށްދޭ، ޔުނިވާސިޓީގެ ގާނޫނީ ލިޔުން އެ ދަރިވަރުންގެ މައްޗަށް ތައުގީދު ކުރެވިގެން ދާނެކަމަށާއި މީގެ ތެރޭގައި ފުރަތަމަ ފަހަރަށް ޑޮކްޓާ އޮފް މެޑިސިންގެ ރޮނގުން ދަސްވެނިވާ ދަރިވަރުން ހިމެނޭ ކަމީ ވަރަށް ޝަރަފުވެރިކަމާ އެކު ފާހަގަކުރާ ކަމެއް ކަމަށް ވެސް ޑރ. މަހުމޫދު ޝައުގީ ވިދާޅުވިއެވެ.
ސްކޫލް އޮފް މެޑިސިން ރާއްޖޭގައި ގާއިމްކޮށް ކިޔަވައިދޭން ފެށީ 2019ވަނަ އަހަރެވެ. ރާއްޖޭގައި މެޑިސިން ކިޔަވައިދެނީ މެލޭޝިއާގެ ޤައުމީ ޔުނިވާސިޓީ، ކެބަންސާން މެލޭޝިއާ (ޔޫކޭއެމް)ގައި ކިޔަވައިދޭ ކަރިކިއުލަމަށެވެ.
މެޑިސިން ކިޔެވުމުގެ ކޯހަކީ ފަސް އަހަރު ދުވަހުގެ ކޯހެކެވެ.

































