ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތި ލިބުނު އެންމެނަށް ގޯތިތައް ހަވާލުކޮށް ނިންމައިފިކަމަށް ހައުސިން މިނިސްޓަރީން ބުނެފިއެވެ.
ހައުސިން މނިސްޓްރީން ހޯމަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅާއި އެއްގޮތައް އޮކްޓޯބަރ މަސް ނިމުމުގެ ކުރިން ހުޅުމާލެ ފޭސް 2 އިން ގޯތި ލިބިފައިވާ ފަރާތް ތަކުގެ ގޯތި ހަވާލުކޮށް ނިންމާފައިވާކަމަށެވެ.
”ބިންވެރިޔާ“ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،380 ގޯތި ދޫކުރުމަށް އޮތީ ސޮއިކޮށްފަ އެވެ. މި ސްކީމްގެ ދަށުން ގޯތި ދެނީ ހުޅުމާލެ ފޭސް ދޭކާއި އަލަށް ހިއްކަމުން އަންނަ ތިން ވަނަ ފިޔަވައްސާއި ގުޅިފަޅާއި ގިރާވަރުފަޅުންނެވެ. އެ ތަންތަނުން 9،000 ގޯތި ދޭނެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ގުޅީފަޅުން އިތުރަށް ބިން ހިއްކަން އިތުރުކުރާ ބިމުން ވެސް ގޯތި ދޭން ނިންމައިފަ އެވެ. އެގޮތުން އެތަނުން 1،347 ގޯތި ކަނޑަން ނިންމައި، ކުރީގެ ސަރުކާރުގައި ގިރާވަރުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅީފަޅަށް ބަދަލުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ހުޅުވާލި އެވެ.

































