މި އަހަރުގެ އިންޓަނޭޝަނަލް ޔޯގާ ޑޭ ރާއްޖޭގައި ފާހަގަކޮށްފިއެވެ. ޔޯގާޑޭ ފާހަގަކުރުމަށް މިއަދު ބޭއްވި ހަރަކާތް ޝަރަފުވެރިކޮށްދީފައިވަނީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރު އެވެ.
މިހަރަކާތް ބޭއްވިކަން ހާމަކޮށްފައިވަނީ، ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައެވެ. އެޕޯސްޓުގައިވަނީ، ޔޯގާ ޑޭ ފާހަގަކޮށްފައިވަނީ ތާޖް ރިސޯޓުގައި ކަމަށެވެ. އަދި އެ ހަރަކާތުގައި 500އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ފާހަގަކޮށްފައިވެ އެވެ.

މިއަދު ބޭއްވި ޔޯގާ ޑޭ ގެ ހަރަކާތް ޝަރަފުވެރިކޮށްދެއްވާފައިވަނީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް އާމިރު ކަންވެސް އިންޑިއާ އެމްބަސީގެ ރަސްމީ އެކްސް އެކައުންޓުގެ ޕޯސްޓުގައިވެއެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ޖޫން 21، 2021 ގައި ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ބޭއްވި ވަގުތު އެ ތަނަށް ވަދެ, އެކަމާ ދެކޮޅަށް ބަޔަކު އަޑު އުފުލާއި ހަމަނުޖެހުން ވަނީ ހިންގާފައެވެ. އަދި އެހަމަނުޖެހުން ހުއްޓުވުމަށް ފުލުހުން ހަރަކާތްތެރިވެފައިވެއެވެ. އެ މައްސަލާގައި ހަމަނުޖެހުން ހިންގި މީހުންގެ މައްޗަށް ދައުވާވެސް ކުރި އެވެ. އެކަމަކު މިދިޔަ ހަފްތާގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުންވަނީ ދައުވާތައް އަނބުރާ ގެންގޮސްފަ އެވެ.

































