2024 ވަނަ އަހަރު ކިޔާފައިވާ ހުރިހާ ޚުޠުބާތަކެއްގެ އިނގިރޭސި ތަރުޖަމާ ނެރެފިއެވެ.
ފޮތެއްގެ ސިފައިގައި ނެރެފައިވާ މި ތަރުޖަމާގައި 2024 ވަނަ އަހަރު ކިޔާފައިވާ 35 ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ވަނީ ހިމަނާފައެވެ.
ޚުޠުބާ ކިޔަމުންދާ ވަގުތު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ، ވުޒާރާގެ ފޭސްބުކް ލައިވް އިންނާއި، ޓީވީއިން ފޮނުވަމުންދާކަން ވެސް ފާހަގަކޮށްލެވެއެވެ
އަދި ކޮންމެ ހަފްތާއެއްގެ ޚުޠުބާ ތިން ބަހަކުން އެ ވުޒާރާގެ ވެބްސައިޓުންނާއި، މީސްމީޑިއާގެ މަންސަތަކުގައި ހިއްސާކުރެއެވެ. އެއީ، ދިވެހިބަހުގެ އިތުރުން އިނގިރޭސިބަހާއި ބަންގްލާ ބަހެވެ.
މިކަންކަމަކީ، ވީހާވެސް ގިނަ ބަޔަކަށް ޚުޠުބާގައި ދައްކާފައިވާ ވާހަކަތައް އަންގައިދިނުމަށް، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިސްނެންގެވުމުގެ ދަށުން ފަށާފައިވާ މަސައްކަތްތަކެކެވެ.

































