2028ވަނަ އަހަރު ލޮސް އެންޖެލެސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްއަށް އެތްލީޓުން ތައްޔާރުކުރުމުގެ ގޮތުން 1 ސެޕްޓެމްބަރ 2025 އިން 31 ޖުލައި 2028 އަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން އެތްލީޓުންނަށް ސްކޮލަރޝިޕް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ވިދާޅުވެއްޖެއެވެ. އެ އެސޯސީއޭޝަން ޢާއްމު ކުރައްވާފައިވާ އިޢުލާންއެއްގައި ވިދާޅުވެފައި ވަނީ އެ އެސޯސިއޭޝަންގެ ފަރާތުން 1 އަންހެން އަދި 1 ފިރިހެން އެތްލީޓުގެ ނަން ފޮނުވުމުގެ ފުރުޞަތު ލިބިފައިވާތީ މި ސްކޮލަރޝިޕްއަށް ޝޯޓްލިސްޓް ވުމަށް ނަން ހުށައެޅުމަށް ފުރުޞަތު ހުޅުވާލާކަމަށެވެ.
ސްކޮލަރޝިޕް އަށް ނަން ހުށައެޅުމަށް ޝައުޤުވެރިވާ އެންމެހާ ކުޅުންތެރިން ތިރީގައިމިވާ މަޢުލޫމާތު ހިމެނޭހެން 08 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 16:00ގެ ކުރިން އެ އެސޯސިއޭޝަނަށް އީމެއިލް ކުރެއްވުން އެދޭ ކަމަށް ވިދާޅުވެއެވެ.
- އެތްލީޓުގެ ތަފްޞީލީ ވަނަވަރު
- އެތްލީތު މިހާތަނަށް ހާޞިލްކޮށްފައިވާ ކާމިޔާބީ ތަކުގެ ތަފްޞީލް

































