ތައިލެންޑަށް އެތެރެވުމުގެ ކުރިން ޑިޖިޓަލް އެރައިވަލް ކާޑު ފުރިހަމަކުރަން ޖެހޭ ގޮތަށް އެގައުމުން ހަމަޖައްސައިފި އެވެ. ތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފި އެވެ.
މި ބަދަލާއެކު ތައިލެންޑަށް ދަތުރުކުރުމުގެ ތިން ދުވަސް ކުރިން މި ފޯމު ފުރިހަމަކުރަންޖެހެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ބަދަލު ގެނައި ނަމަވެސް ދިވެހިންގެ ވިސާގެ އިންތިޒާމުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
އެގޮތުން އެންޓްރީގައި 90 ދުވަހުގެ ވިސާ ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

































