ރައްޔިތުންނަށް ޝައްކު ނުއުފެދޭވަރަށް ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަށް ފުލުހުންގެ ކިބައިން މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް އެދިވަޑައިގެންފިއެވެ
މިގޮތުން އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވަނީ ފުލުހުންގެ ކިބައިން ސިޔާސީމީހުން ހިމާޔަތްކޮށް މުއައްސަސާގެ އިތުބާރާއި އަގުވައްޓާނުލާ ރައްޔިތުންނަށް ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ..
އަދި ފުލުުންގެ މުއައްސަސާގެ އަގާއި އިތުބާރު ހިފަހައްޓަވާ އިންސާފަކީ ވަކިމީހަކަށް ހޯދާ ދޭންޖެހޭ އެއްޗެއްކަމަށް ޤަބޫލްކުރާކުރުން ދޫކޮށްލުމަށްވެސް އާޒިމްގެ ޕޯސްޓްގައި ވިދާޅުވެފަވެއެވެ. މީގެ އިތުރުން އެންމެނަށް ހަމަހަމަ އިންސާފު ހޯދަދޭން ގަދައަޅާ މަސައްކަތް ކުރެއްވުމަށްވެސް އާޒިމްވަނީ ފުލުހުންނަށް ގޮވާލައްވާފައެވެ.
އެޕްރިލް 18 ވީ ހުކުރުދުވަހު ފުރާޅެއްގެ މައްޗަށް ވެއްޓިފައިއޮއްވާ ފެނުނު ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވައިލާ، ޒުވާނުން ސިލްސިލާ ގޮތެއްގައި އަންނަނީ އިހުތިޖާޖު ކުރަމުންނެވެ. މިގޮތުން ބުދަ ބުރާސްފަތި އަދި ހުކުރުދުވަހުގެރޭވެސް ވަނީ މާލޭގެ މަގުތަކުގައި މުޒާހަރާކޮށްފައެވެ. މީގެ އިތުރުންވެސް ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯރމް ތަކުގައި އާއްމު ރައްޔިތުންވެސް އަންނަނީ މިކަމާއި ގުޅިގެން ޕޮލިހުންނަށާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަށް ކިޔަމުންނެވެ, މިގޮތުން ރާއްޖޭގެ ދިދިކޮޅު އެއްމެ ބޮޑު ސިޔާސީ ޕާޓީ ކަމުގައިވާ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުންވަނީ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވަގުތުން ސަސްޕެންޑްކުރުމަށްވެސް ގޮވާލާފަކަން ފާހަގަކޮށްލެވެއެެވެ.

































