ކޮރަޕްޝަންގެ މައްސަލައަކާ ގުޅޭ ހެކި ހޯދުމަށް އެގްރިކަލްޗާ މިނިސްޓްރީއަށް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ޓީމެއް ވަދެއްޖެއެވެ.
އޭސީސީން އެގްރިކަލްޗަރ މިނިސްޓްރީއަށް ވަދެފައިވަނީ އެ ކޮމިޝަނުން ތަހުޤީގު ކުރަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އޭސީސީގެ މުވައްޒަފުންނާއި އެކު ފުލުހުންވެސް އަންނަނީ މިނިސްޓްރީގައި ހަރަކާތްތެރި ވަމުންނެވެ
ނަމަވެސް މިއީ އޭސީސީން ބަލަމުން ދާ ކޮން މައްސަލައަކާ ގުޅިގެން ހިންގާ ތަހުޢީގެއް ކަން ފުލުހުން ހާމައެއް ނުކުރެއެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި، އެ ކޮމިޝަނުން ބަލަމުން ދަނީ މިދިޔަ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަން މައްސަަލައެކެވެ. އޭރު ފިޝަރީޒް މިނިސްޓްރީ އާއި އެގްރިކަލްޗާ މިނިސްޓްރީ އެކުއެކީގައި އޮތް ނަމަވެސް މި ސަރުކާރު ވެރިކަމަށް އައި ފަހުން މި ވަނީ އެ ދެ މިނިސްޓްރީ ވަކި ކޮށްފައެވެ.
ނަމަވެސް މި މައްސަލައާ ބެހޭ ގޮތުން އޭސީސީން ވެސް އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

































