އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ބޭއްވި ޕޮލިސީ ޑައިލޮގްގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބައިވެރިވެއްޖެއެވެ.
މި ބައްދަލުވުމުގައި، ދިވެހިރާއްޖޭގައި އަންހެނުން ބާރުވެރިކުރުމަށާއި، މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށްޓަކައި އިސްކަންދޭންޖެހޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ
އަދި އެއާއެކު، އުސޫލުތަކާއި އިސްތިރާޖުތައް ކަނޑައެޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭ ގޮތުން ޙިޔާލު ބަދަލުކޮށް ތަފާތު މަޝްވަރާތައް ވަނީ ކުރިއަށް ގެންދެވިފައެވެ.
މި ބައްދަލުވުމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ސަރުކާރުގެ އެހެނިހެން އޮފިޝަލުންނާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ފަރާތުން 40 ބައިވެރިން ވަނީ ބައިވެރިވެފައެވެ.


































