ނިލަންދެއަތޮޅު ދެކުނުބުރީ (ދ.އަތޮޅު) ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި އެ އަތޮޅު އުއްދޫ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސެވުމާއި ގުޅިގެން، ދ.އަތޮޅު ރައްޔިތުން ދަތުރު ދިޔުމަށް އެރަށް 15 އޭޕްރީލް 2025 ން ފެށިގެން، ހުޅުވާލެވިފައިވާ ކަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އިއުލާން ކުރައްވާފިއެވެ.
ހަފްތާގެ ހުކުރު، ހޮނިހިރު އަދި ސަރުކާރު ބަންދު ދުވަސްތަކުގައި، ހެނދުނު 06:00 ން އިރުއޮއްސި 18:00 ށް އެރަށަށް ދަތުރު ދިއުމަށް ހުޅުވާލެވިފައިވާ ކަމަށް އެމިނިސްޓްރީ ކުރައްވާފައިވާ އިޢުލާންގައި ވެއެވެ. މިގޮތުން ދަތުރު ދާ ފަރާތްތަކުން ރަށުގެ ސާފުތާހިރުކަމަށާއި، ހެދިފައިވާ ޤަވާއިދުތަކަށް އިޙްތިރާމް ކުރައްވާ ރަށުގެ ރީތި ވެށި އެގޮތުގައި ބޭއްވުމަށްޓަކައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ސިޓީސް މިނިސްޓްރީން ވިދާޅުވެއެވެ.

































