ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ކޮމަންވެލްތުގެ އައު ސެކްރެޓަރީ ޖެނެރަލް، ޝާރލީ އަޔޯރކޯރ ބޮޗްވޭ އަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.
މިގޮތުން ރާއްޖެއާއި ކޮމަންވެލްތުން ހިއްސާކުރާ އުސޫލުތައް ދަމަހައްޓައި، ދެ ފަރާތުން ހިއްސާކުރާ ލަނޑުދަނޑިތައް މުޅި ކޮމަންވެލްތުގައި ކުރިއެރުވުމަށް އައު ސެކްރެޓަރީ ޖެނެރަލާއެކު މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށް ވަޒީރުޑރ. ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވަނީ، އައު ސެކްރެޓަރީ ޖެނެރަލްގެ ލީޑަރޝިޕްގެ ދަށުގައި ކޮމަންވެލްތު ކުރިއަރައި، ކުރިއަށް އޮތް އަހަރުތަކުގައިވެސް ރާއްޖެއާއި ކޮމަންވެލްތުގެ އެއްބާރުލުން އިތުރަށް ވަރުގަދަވެގެންދާނެކަން ޔަޤީންކުރައްވާ ކަމުގައިވެސް ވިދާޅުވެފައެވެ.
ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ޝާލީ ބޮޗްވޭ އިންތިޚާބުކޮށްފައިވަނީ މިދިޔަ އަހަރު ސަމޯއާގައި ބޭއްވި ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުމުގައެވެ. އަދި އެކަމަނާ ރަސްމީ ގޮތުން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންނެވީ އޭޕްރިލް 1 ގައެވެ.

































