ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމާއި ގުޅިގެން މާލެއާއި އަތޮޅުތަކުގައި ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
އަތޮޅު ތެރޭގެ ރަށްރަށުގައި މިރަސްމިއްޔާތު ކުރިއަށް ގެންދިޔައީ އެރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުގައެވެ. މާލޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ މައި މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިންގްގައި ހުކުރު ދުވަހގެރޭ 12 ޖެހިއިރުއެވެ.
ފުލުހުންގެ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ.
މި ރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު، ފުލުހުންގެ ޢަޒުމް ކިޔުމާއި ދުވަހާ ގުޅިގެން ޚާއްސަ ދުޢާއެއް ވަނީ ކޮށްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް ފެށިގެން އައީ 1932 ވަނަ އަހަރުއެވެ.

































