ހިޖުރީމަހެއް ފެށުމަކަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމު ނޫން ކަމަށް ކުރީގެ ރައީސް ޢަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް މައުމޫން އެފަދަ ޕޯސްޓެއް ކުރައްވާފައިވާއިރު މި އަހަރުގެ ފިތުރު ޢީދު ވާނޭ ދުވަހަކާއިމެދު ރައީސް މައުމޫން އާއި ޤައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ޙަސަން ހަމީދު އާއި ދެމެދު މިވަނީ ޙިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.
މިގޮތުން މި އަހަރުގެ ފިތުރު ޢީދުދުވަހަށް އަންނަ އާދީއްތަ ދުވަސް ވާނޭކަމަށް ވަރަށް ބޮޑަށް ޔަޤީން ކުރެވޭކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމް ވިދާޅުވެފައިވަނިކޮށް މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ ހޯމަ ދުވަސްކަމަށް ޤައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ޙަސަން ހަމީދު ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އިރު އޮއްސުމަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަނދު ނޯއްސި ހުރިކަން ހިސާބުން ސާބިތުވާނަމަ އާމަހެއް ފެށުނީ ކަމަށެވެ.
ޙިޖުރީމަހެއް ފެށުމަކަށް އާ މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމެއް ނޫންކަމަށް ރައީސް މައުމޫން ވިދާލުވިއެވެ. އަދި އިރު އޮއްސުމަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަނދު ނޯއްސި ހުރިކަން ހިސާބުން ސާބިތުވާނަމަ އާމަހެއް ފެށުނީކަމަށް ރައީސް މައުމޫން އެކްސްގއި ކުރައްވާފައިވާ ޕޯސްޓްގައި ވިދާޅުވެފަވެއެވެ.
މާރިޗު 30 ވާ އާދީއްތަ ދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަޤީން ކުރެވޭ ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫންއަކީ ފަލަކީ ޢިލްމަށް ވަރަށް ބޮޑު ޝައުގުވެރި ކަމެއް ބަހައްޓަވާ ބޭފުޅެއްކަން ފާހަގަކުރެވޭއިރު އެމަނިކުފާނަކީ އެ ދާއިރާގެ ބޮޑު ޢިލްމުވެރިއެއް ވެސްމެއެވެ, ފަލަކީ ޢިލްމާ ގުޅޭ މުހިއްމު ކަންކަން މީގެ ކުރިންވެސް އެމަނިކުފާނު ހިއްސާ ކުރައްވައެވެ.

































