ކީރިތި ޤުރުއާން އުނގެނި ދީނީ ކަންކަމަށް ލޯބި ކުރާ މުޖުތަމައެއް ބިނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މަތިވެރި މަސައްކަތް ކާމިޔާބު ވަމުންދާތަން ފެނުމަކީ އުފާވެރި މަންޒަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބުދަ ދުވަހުގެ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޙާފިޡް ކަމުގެ ސަނަދު ބުދަދުވަހުގެރޭ ހާސިލު ކުރެއްވި 24 ހާފިޒުންނަށް މަރުހަބާ ދަންނަވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ..
ބުދަ ދަވަހުގެރޭ ފެނިގެން މި ދިޔައީ ދީނީ ކަންކަމަށް އިސްކަންދޭ ޒުވާން ޖީލެއް ދިވެހި ރާއްޖޭގައި ބިނާ ކުރެވެމުންދާ އުފާވެރި މަންޒަރު ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.
މީގެ އިތިރުން ކީރިތި ޤުރުއާން އުނގެނި ދީނީ ކަންކަމަށް ލޯބި ކުރާ މުޖުތަމައެއް ބިނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މަތިވެރި މަސައްކަތް ކާމިޔާބު ވަމުންދާތަން ފެނުމަކީ އުފާވެރި މަންޒަރެއް.ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި އަޅުގަނޑުމެންގެ ހިތްތައް ސާބިތުކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ދުޢާ ކުރައްވާފަވެއެވެ..
ބުދަދުހަގެރޭ އޮތް ރަސްމިއްޔާތުގައި ޙާފިޡް ކަމުގެ ސަނަދު ހާސިލު ކުރެއްވި 24 ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަނަދު ދެއްވާފައެވެ.. މިއީ އެއް އަހަރުތެރޭ އެންމެ ގިނަ ޙާފިޒުން ސަނަދު ހާސިލު ކުރެއްވި އަހަރުކަން ފާހަގަކޮށްލެވެއެވެ.. މިދިޔަ ނުވަ މަސްތެރޭ 24 ފަރާތަކުން ސަނަދު ހާސިލުކުރައްވާފައިވާއިރު ސަރުކާރުގެ އަމާޒަކީ އަހަރަކު 100 ޙާފިޒުން އުފެއްދޭ މިންވަރަށް ޤުރުއާން ހިތުން ދަސްކުރުމުގެ މަޝްރޫއު ފުޅާ ކުރެއްވުމެވެ.

































