މީހެއްގެ ހުންނަ ނުކުޅެދުންތެރިކަމަކުން މިސާލުޖެހުމަކީ ވަރަށް ނާތަހުޒީބު ކަމެއްކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް ނަސީމް މިހެން ވިދާޅުވެފައިވަނީ، ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) އާއި ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ ފަޔާޒް)، ޑައުންސިންޑްރޯމް އަދި އޯޓިޒަމް ކުދިންގެ ޙާލަތާއި ގުޅުވައިގެން ސިޔާސީ މީހުންނާ ގުޅުވައި މިސާލު ޖައްސަވައި ވާހަކަ ދެއްކުމާ ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިގޮތުން ފައިސަލް ފޭސްބުކްގައި ކުރެއްވި ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ ، މީހުންގެ ނުކުޅެދުންތެރިކަމަކީ އެއިން މިސާލު ޖެހޭނެ ކަމެއްނޫން ކަމަށެވެ. އަދި އެއީ ތަޙުޒީބު މުޖުތަމަޢެއްގައި ބަލައިގަންނާނެ ކަމެއްވެސް ނޫންކަމަށް އެމަނިކުފާނުގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
އެފަދަ އަމަލުތަކުން އެނގެނީ، އޯޓިޒަމާއި ޑައުން ސިންޑްރޯމް ހުންނަ ކުދީންނާއި އެކުދީންގެ އާއިލާތަކުން ތަޙައްމަލުކުރާ ކަންކަން ރަނގަޅަށް އިޙްސާސްވެސް ނުކުރެވޭކަންކަމުގައި ފައިސަލްވަނީ ވިދާޅުވެފައެވެ,
އެމަނިކުފާނުގެ ޕޯސްޓް ނިންމަވާލައްވަފައިވަނީ ލޯތްބާއި ކުލުނާއި އޯގާތެރިކަމާއި އިޙްތިރާމް އިސްކުރައްވަން އެދިވަޑައިގަންނަވަމުންނެވެ.

































