8.5 މިލިއަން ރުފިޔާއަށް ފްލެޓެއް ގަތްކަމަށް ބުނެ، ފަތުރަނީ ހަޤީގަތާއި ޙިލާފު ވާހަކައެއް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅޭގޮތުން ފަހުމީ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ވާހަކައަކީ ސިޔާސީ މަންފާއެއް ހޯދުމަށް ބައެއް ފަރާތްތަކުން ފަތުރަމުންދާ ދޮގު ވާހަކައެއް ކަމަށެވެ. އަދި މި ވާހަކައިގައި އިޝާރާތްކުރާ ފްލެޓަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، މީގެ އަހަރުތަކެއް ކުރިން އޭނާ ގަނެ ފައިސާ ދައްކަވަމުން ގެންދަވާ ފްލެޓެއް ކަމަށްވެސް ފަހުމީ ވަނީ ވިދާޅުވެފަައެވެ.
”މި ދޮގު ވާހަކަ ފަތުރާ ފަރާތްތަކުން އިޝާރާތްކުރާ ފްލެޓަކީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، މީގެ އަހަރުތަކެއް ކުރިން އަޅުގަނޑު ގަނެ، ފައިސާ ދައްކަމުން އައިސްފައިވާ ފްލެޓެއް. ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށް ނަމަވެސް، މީހުންގެ އަބުރަށް ހުތުރުވާފަދަ، މިފަދަ ދޮގު ވާހަކަތައް އުފައްދައި ފަތުރަމުންދާ ފަރާތްތަކުން މިކަން ވަގުތުން ހުއްޓާލުމަށް އިލްތިމާސްކުރަން.“ ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ، ސިޔާސީ ގޮތުންނާއި އަދި އެނޫން ގޮތަކުން ވިޔަސް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުރެ ކުރަމުންދާ ޤައުމީ މަސައްކަތާ ގުޅުވައިގެން ދެކެވޭ ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދުވެސް އިޙްތިރާމްކުރައްވާނެ ކަމަށެވެ.
އެހެންކަމުން ސިޔާސީ މަޤްސަދެއް ހާސިލުކުރުމަށް މީހުންގެ އަބުރަށް ހުތުރުވާފަދަ، އެފަދަ ދޮގު ވާހަކަތައް އުފައްދައި ފަތުރަމުންދާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް ފަހުމީ އިލްތިމާސްކުރެއްވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ ސިޔާސީ ގޮތުންނާއި އަދި އެނޫން ގޮތަކުން ވިޔަސް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނައިރު އޭނާ ކުރަމުންދާ ގައުމީ މަސައްކަތާ ގުޅުވައިގެން ދެކެވޭ ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދުވެސް އިޙްތިރާމްކޮށް، މަރުހަބާ ކިޔާނެކަމަށެވެ.

































