މޮރޮކޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މުޙައްމަދު މަލިކީ، މިނިސްޓަރ މުޙައްމަދު އަމީން އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ޓްރާންސްޕޯޓާއި އޭވިއޭޝަން ދާއިރާގައި އެއްބާރުލުން އިތުރުކުރުމުގެ މަޝްވަރާތައް ވަނީ ކޮށްފައެވެ. އެގޮތުން ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ފުޅާކުރުމަށް ދެ ފަރާތުން ވެސް ޝައުޤުވެރިކަން ވަނީ ފާޅުކުރެއްވިއެވެ. އަދި ޚާއްޞަކޮށް ޓްރާންސްޕޯޓާއި އޭވިއޭޝަން ދާއިރާގައި ދެ ޤައުމުގެ މެދުގައި އޮތް އެއްބާރުލުން އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މި ބައްދަލުވުން ބާއްވާފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގައެވެ. މި ބައްދަލުވުމުގައި މިނިސްޓްރީގެ އިސް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

































