މާލޭސިޓީގެ މަޖީދީމަގުގައި ހުންނަ ”ފުރުޓް ޓްރީ އެޕަލް“ ފިހާރައިގެ ގުދަނުގައި ރޭ ފަތިހުގެ ވަގުތެއްގައި ރޯވި އަލިފާނުގެ ހާދިސާއާ ގުޅިގެން 22 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
އެންޑީއެމްއޭ އިން ބުނީ، މި ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތައް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގޭބީސީއެއްގެ 33 މީހަކު ހިމެނޭކަމުގައެވެ.
މީގެ ތެރޭގައި 14 ދިވެހިންނާއި 19 ބިދޭސީން ހިމެނޭ. އަދި މީގެ ތެރެއިން ފަސް ގޭބިސީއެއްގެ 14 ދިވެހިން އަދި 08 ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެންޑީއޭ އިން ހާމަކުރައްވާ. މީގެ އިތުރުން ބިދޭސީ އެއް އާއިލާ އަމިއްލަ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުވެފާވާއިރު 11 ބިދޭސީއަކަށް އެމީހުން ނިސްބަތްވާ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާކަންމުގައެވެ.

އެމްއެންޑީއެފް އިން ބުނީ، މި ގުދަނުގައި ރޯވެގެން ރިޕޯޓްކޮށްފައި ވަނީ ރޭފަތިހު 04:20 ހާއިރުކަމަށެވެ. މި ހާދިސާގައި ގުދަނަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، ބޭނުން ނުކުރެވޭ ވަރަށް އެތަން އަނދާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
ހުސްވި 2024 ވަނަ އަހަރުގެ ޑިސެމްބަރމަހުގެ 12ވަނަ ދުވަހުވެސް ވަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރައިގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާ އިއާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.

































