ރޯދައަށް ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުން 40ގ މަސް އުންޏެއް ނުވާނެކަމަށާއި ފަތުރަނީ ދޮގުވާހަކަތަކެއްކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ) އިން ހާމަކޮށްފިއެވެ.
މިފްކޯއިން މިއަދު އެކްސް ގައި ކޮށްފައިވާ ފޯސްޓުގައި ބުނެފައިވަނީ، 140ގ ބާޒާރަށް ނެރުނީ ކުދި ގޭބިސީތަކަށް އަދި އެއްފަހަރު ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި. މަސް ދަޅު ފްރިޖު ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ ކަމަށެވެ. މިފްކޯއިން މީގެ ކުރިން ބުނީ، ކޮންމެ ގޭބިސީއަކަށް ދޭން ނިންމާފައިވަނީ 48 ދަޅުގެ މަސްކޭހެއް ކަމަށެވެ.

މިފްކޯއިން ރޯދަމަހު ބަހާ މަސް ދަޅުން 40ގ މަސް އުނި ނުވާނެކަމުގެ ޔަގީންކަން ދެމުން މިއަދު އެ ކުންފުނިން ބުނީ، ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

































