ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމްސިންހައާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ ލަންކާގެ ވެރިރަށް ކޮލޮމްބޯގަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ސިޔާސީ މަސްރަހާއި ގުޅޭގޮތުންނާއި ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ގުޅުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
ސޯލިހު ރަނިލްއާ ބައްދަލުކުރައްވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ސޯލިހުގެ ފަހު ރަސްމީ ބައްދަލުވުން 2023 ވަނަ އަހަރުގެ ނޮވެމްބަރު 16 ގައި ބޭއްވެވީ ވެސް ރަނިލްއާއެކު އެވެ.
ރައީސް ޞާލީހްގެ ވެރިކަމުގައި ރަސްމީ ދަތުރުފުޅެއްގައި ވެސް ރަނިލް ރާއްޖެ ވަޑައިގެންފައި ވެއެވެ.

































