މާލޭސިޓީކައުންސިލް އިން މާލޭސިޓީގައި ފެން ބޮޑު ވެދާނެ ކަމަށް ލަފާކުރާ ތަންތަނުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތުގެ ތެރެއިން ފާއިތުވި ހަތް ދިހަ ދެ ގަޑިއިރު ތެރޭގައި މާލޭގެ އެކިސަރަހައްދު ތަކުގައި 4500 އަށް ވުރެ ގިނަ ވެލި ބަސްތާ ޖަހައިފި އެވެ.
މާލޭ ސިޓީކައުންސިލް އިން ބުނީ، މި ހަފުތާގެ އާދިއްތަ ދުވަހު ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކައުންސިލުން ފަށާފައި ވަނީ ރާއްޖޭގެ މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާބެހޭ އިދާރާތަކުން ލާފާކޮށްފައިވާތީ މާލޭ ސަރަހައްދުގައި ފެންބޮޑުވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.
ކައުންސިލްގެ މަސައްކަތްތަށް ކުރިއަށްދާ ފޯކަލް ޕޮއިންޓްތަކަށް ޒިޔާރަތް ކުރެއްވުމަށްފަހު މޭޔަރ އާދަމް ޢާޒިމް ވިދާޅުވެފައި ވަނީ، މި މުހިންމު މަސައްކަތް ތަކުގައި އެމްއެންޑީއެފް، ފުލުހުންގެ ހިދުމަތް، ސިޓީތަކާއި އިދާރާތަށް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ، އާރުޑީސީ އެންޑީއެމްއޭ އަދި ރެޑް ކްރެސެންޓުން ދެއްވަމުން ގެއްދަވާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި މާލޭގެ އެންމެހާ ރައްޔިތުންގެ ފަރާތުން ޚާއްސަ ޝުކުރެއް މޭޔާރ ވަނީ އަރިސްކުރައްވާފައެވެ.

ފެންބޮޑުވުމުގެ ބިރު އޮތް ސަރަހައްދު ތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތަށް، ގުޅުންހުރި އެކިއެކި މުއްސަސާތަކުންނާއި އާންމު ރައްޔިތުންފެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ފޯރުކޮށްދެއްވަމުން ގެންދަވާކަމަށް މޭޔާރު ޢާޒިމްގެ ވިދާޅުވެފައިވެއެވެ.
ކައުންސިލްގެ އަމާޒަކީ މިފަދަ ކާރިސާތަކުން ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކޮށް، ދިރިއުޅެން ހިތް ފަސޭހަ މާހައުލަކަށް މާލެ ސަރަހައްދު ހެދުމެވެ. މިކަންކަން ހާސީލް ކުރުމަށް ކައުންސިލްގެ އެންމެހާ މުވައްޒަފުން ގުޅިގެން މަސައްކަތް ހަލުވިދުވެލީގައި ކުރުމަށް ކައުންސިލުން ދަނީ ބާރުއަޅުއްވަމުންނެވެ.

































