ދަޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެމުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން އެމްޑީޕީއާ އަލުން ރޭ ގުޅިވަޑައިގެންފި އެވެ.
ނަން ހާމަނުކުރުމަށް އެދި ”އެންނިއުސް“ އަށް މައުލޫމާތު ދިން މީހަކު ޔަޤިންކޮށްދިން ގޮތުގައި، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އިސްމާޤާމުތަކެއް ފުރުއްވި ބޭފުޅުންތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު އާއި ކުރީގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވި މުހައްމަދު ޝިފާޒު އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ވެސް ހިމެނި ވަޑައިގަންނަވައެވެ.
ރިޔާސީ އިންތިހާބަށް ފަހު އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި ވަނީ ދެބައިވެފައެވެ. އެއީ ރައީސް އިބްރާހިމް މުޙައްމަދު ސާލިހުގެ ފެކްޝަނަކާއި ކުރީގެ ރައީސް އަދި އޭރު މަޖިލީހުގެ ރައީސަކަށް ހުންނެވި މުހައްމަދު ނަޝީދަށް ވަފާތެރި ފެކްޝަނެކެވެ. 2023 ގެ ރިޔާސީ އިންތިހާބު ކެންޕެއިންތެރޭގައި ޑިމޮކްރެޓްސް އުފެއްދީ އޭރު އެމްޑީޕީން ވަކިވި ބޭފުޅުން ގުޅިގެންނެވެ.
މިބޭފުޅުން އަލުން އެންޑީޕީ އާއި ގުޅިވަޑައިގެން ދަނޑިވަޅަކީ ”ގާނޫނުއަސާސީގެ ދިފާއުގައި“ގެ ނަމުގައި މި ޖަނަވަރީ މަހުގެ 31 ވާ ހުކުރު ދުވަހު، މާލޭގައި ބޮޑުއެއްވުމެއް ބޭއްވުމަށް، އެމްޑީޕީއިން ނިންމާފައިވާ ދަނޑިވަޅެއްކަން ފާހަގަކޮށްލެވެއެވެ.

































