ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކަށް ފަޔާޒު މަންސޫރު ހަމަޖައްސައިފިއެވެ.
މިއީ މި ސަރުކާރުން އެޗްޑީސީއަށް ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކު އައްޔަނުކުރި ފުރަތަމަ ފަހަރެވެ.
އެޗްޑީސީއަށް ފަޔާޒް އައްޔަނުކޮށްފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހުއެވެ. އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަކަށް އައްޔަނުކުރި ފަޔާޒަކީ މީގެ ކުރިން ހުޅުމާލެ ހިއްކި ދުވަސްވަރުން ފެށިގެން އެކުންފުނީގައި މަސައްކަތް ކުރި ބޭފުޅެކެވެ. ކުރެހުމާއި ޑިޒައިން ކުރުމުގެ މަސައްކަތްކުރާ ގެޑޯ ކޮންސަލްޓިންގެ ޑިރެކްޓަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ފަޔާޒަކީ ކުއަންޓިޓި ސާވޭއިންގެ ދާއިރާ އިން ކިޔަވާ ވިދާޅުވެފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، ނިއުޒިލެންޑުގެ ވިކްޓޯރިއާ ޔުނިވާސިޓީން، ބިލްޑިން ސައިންސްއިން ފަޔާޒް ވަނީ މާސްޓާސް ހައްދަވައިފައެވެ.

































