ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ހަދިޔާކުރާ ކަދުރު ރާއްޖެއަށް ގެނެސްފިއެވެ. މިގޮތުން މިއަހަރު ސައުދީ ސަރުކާރުން ވަނީ 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފައެވެ. މިނިސްޓަރު ޝަހީމް ރޭ ހިއްސާކުރެއްވި މައުލޫމާތުގައި ވިދާޅުވެފައިވަނީ މިހާރު މިނިސްޓްރީއަށް ކަދުރު ލިބިފައިވާ ކަމަށާއި، ރޯދަމަހުގެ ކުރިން އެ ކަދުރު ބެހުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި މިއަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި ރޯދަވީއްލުމުގެ ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށްވެސް ކަދުރުން ބައެއް ދޫކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފާއިތުވި އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ސައުދީ ސަރުކާރުން ވަނީ ރާއްޖެއަށް ކަދުރު ހަދިޔާކޮށްފައެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ހެއްކެކެވެ.

































