ރާއްޖެއަށް މިހާރު ކުރަމުންދާ ބޯ ވިއްސާރާގައި ރައްޔިތުން ތަހައްމަލުކުރަމުންދާ ހިތާމައިގައި ބައިވެރިވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ކުރަމުންއަންނަ ވިއްސާރާގައި ރަށްތަކަށް ބޮޑެތި ގެއްލުންތައް ލިބި އާންމު ދިރިއުޅުން ގިނަ ރަށްރަށުގައި ހުއްޓުމަކަށް އައިސްފައިވާ ކަަމަށެވެ.
ޝާހިދުގެ ޕޯސްޓްގައި ވިދާޅުވީ ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ކުރަމުންއަންނަ ވިއްސާރާގައި ރަށްތަކަށް ބޮޑެތި ގެއްލުންތައް ލިބި އާންމު ދިރިއުޅުން ގިނަ ރަށްރަށުގައި ހުއްޓުމަކަށް އައިސްފައިވާކަމަށެވެ. އަދި ރައްޔިތުން މިއަދު ތަޙައްމަލުކުރަމުންދާ ހިތާމައިގައި ބައިވެރިވާ ކަމަށް އަބްދުﷲ ޝާހިދުވިދާޅުވެފައެވެ.
ޝާހިދު އިތުރަށް ވިދާޅުވީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކައުންސިލްތަކާއި، އެހެނިހެން އިދާރާތައް ގުޅިގެން ކުރެވޭ މަސައްކަތުގައި އެންމެން ބައިވެރިވެ، އެއްބައެއްގެ ގޮތުގައި އެހީތެރިވަމުން ގެންދިއުމަށް އެދޭކަމަށެވެ.
އިއްޔެ ކުރި ވިއްސާރައިގައި ރާއްޖޭގެ އެކި ރަށްރަށުގައި ފެންބޮޑުވީނަމަވެސް މިހާރު ފެންހިންދާ، ހުރިހާ ރަށެއްވެސް އާންމު ހާލަތަށް ވަނީ ގެނެވިފައެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ބުނީ ފެންބޮޑުވި ހުރިހާ ރަށެއްގައިވެސް މިހާރު ފެންހިންދާފައިވާކަމަށެވެ. އަދި ހުސްކުރި ގެތަކުގެ މީހުން އަނބުރާ ގެތަކަށް ބަދަލުވެފައިވާކަމަށެވެ.
މެޓުން ހާމަކޮށްފައިވާ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރަ އަލިކުރާނެ ކަމަށް ލަފާ ކުރެވެނީ އަންނަ ހޯމަ އިން ފެށިގެންނެވެ.

































