ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ ވޯޓާވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ، ހާދިސާގެ މަޢުލޫމާތު ލިބުމުން އެފްއާރުއެސްގެ ސިފައިން ވަނީ އެ ރިސޯޓަށް ގޮސް ހަރަކާތްތެރިވެފައެވެ. ރޭ ދަންވަރު ހިނގި މި ހާދިސާގައި އަލިފާން ރޯވީ އެ ރިސޯޓްގެ ވޯޓަރވިލާއެއްގެ ފުރާޅުގައެވެ. ހާދިސާ ހިނގުމުން ރިސޯޓްގެ މުވައްޒަފުން ވަނީ އަލިފާން ކޮންޓްރޯލްކޮށް ނިއްވާލާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ވޯޓަރވިލާގެ ފުރާޅަށާއި ސީލިންގއަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

































