ތިމަރަފުށީގައި މިއަދު ވަޅިއަކުން ހަމަލާދީ، މީހަކު ޒަޚަމްކޮށްލައިފިއެވެ.
މިގޮތުން ފުލުހުން މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ބުނީ، ތިމަރަފުށީގެ ގެއަކަށް މިއަދު 13:27 ހާއިރު ފަސްމީހަކު ވަދެ މާރާމާރީ ހިންގި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.
ފުލުހުން މަޢުލޫމާތުދެއްވާގޮތުގައި މިމައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ. މިމައްސަލަ ފުލުހުން މިހާރު އަންނަނީ ތަޙުޤީގު ކުރަމުންނެވެ.

































