ގަވާއިދާ ޚިލާފަށް ވެހިކަލް ދޮވެ ސާފުކުރުމުގެ ވިޔަފާރިކުރި 8 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަންގެ ރަސްމީ އެކްސް އެކައުންޓުން ޙިއްސާކުރެއްވި ޕޯސްޓެއްގައި އިމިގްރޭޝަނުން ބުނީ، ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ޚިލާފަށް ވެހިކަލް ދޮވެ ސާފުކުރުމުގެ މަސައްކަތް ކުރާ ބިދޭސީންނަށް އަމާޒުކޮށްގެން ރެއިޑު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގެ ތެރެއިން ޞައްޙަ ވިސާއެއް ނެތް 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ގިނަ އޮޕަރޭޝަންތަކެއް އިމިގްރޭޝަނުން ގެންދަނީ އިންގަމުންނެވެ. މިގޮތުން ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދާކަމަށް ދެނެގަނެވުނު 4000 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ވަނީ ޑީޕޯޓްކޮށްލާފައެވެ.

































