މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ( އެމްސީޕީ) ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަދުވެގެން ބޭނުންވާ 3000 މީހުންގެ ފޯމް އިލެކްޝަން ކޮމިޝަން ހުށައެޅުމަށް ފަހުގެ ތައްޔާރީތައް ވަމުންދާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
”މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ“ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމުގެ ހުއްދަ މިދިޔަ ނޮވެމްބަރ 14 ގައި އެ ކޮމިޝަނުން ދެވިފައިވާ ހުއްދައިގެ ދަށުން، ޕާޓީ އުފެއްދުމަށް ބޭނުންވާ ތިންހާސް މީހުންގެ ސޮއި ހޯދުމަށާއި، ޕާޓީ އުފެއްދުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރިއަށް ގެންދިއުމުގެ ދީފައިވާ ހުއްދަ އާއިއެކު އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މީހުންގެ ފޯމު ކޮމިޝަނަށް ހުށަހެޅުމަށް ތިން މަސް ދުވަހުގެ މުޙުލަތެއް ވަނީ ދީފައެވެ.
އަލަށް އުފައްދާ ޕާޓީގެ އަށް އަސާސްއެއް ވެއެވެ. އެއީ “ މަގޭ ޤައުމު – މަގޭ ނިންމުން“ ގެ އިތުރުން ޤައުމުގެ ދަރާވިކިގެން ދިޔަ ނުދިނުން، ދޮގުގެ މައްޗަށް ދޮގުހަދާ އޮޅުވާނުލުން، ތިންބާރު އެއްކޮށް ނުލުން، ހަމަހަމަކަމާއި ޢަދުލު އިންސާފު، ސިޔާސީ މަޤާމުތައް ލިމިޓްކުރުން. ދައުލަތުގެ ކުންފުނިތައް ވީހާވެސް މަދުކުރުން އަދި ވިޔަފާރިވެރިންނަށް ވިޔަފާރިކުރުމުގެ ފުރުޞަތު އިތުރުކޮށްދިނުން ހިމެނެ އެވެ.

އެން ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ޕާޓީއުފެއްދުމުގެ މަސައްކަތުގައި އިސްކޮށް ޙަރަކާތްތެރިވާ ދާތޯ ޒަކީ (ނަޒާކީ ޒަކީ) ވިދާޅުވީ އައު ސިޔާސީ ޕާޓި ހެދުމަށް ނިންމީ ސިޔާސީގޮތުން ވެރިކަން ކުރި އަދި ކުރަމުންދާ ޕާޓީތައް ފޭލްވެ ރައްޔަތުން މާޔޫސް ކޮށްލެވިފައި ވާތީ ކޮންމެ ބަޔަކުވެސް އެބަޔެއްގެ އަމިއްލަ އެދުން ކުރިއަށް ނެރެ ރައްޔިތުންނަށް ދޯކާ ދެމުން ދާތީ ކަމަށެވެ. މި ޖަމާޢަތް ލީޑްކުރާނީ 2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމިގައި އިލެކްޝަން ކާމިޔާބު ކުރުމަށްޓަކައި ޖާނާއި މާލުން ގުރުބާންވި ޕީޕީއެމްގެ ދާއިރާގެ ރައީސުންނާއި ބައެއް ސްޓިއަރިން ކޮމެޓީގެ މެމްބަރުންނެވެ.
އަދި ވަރަށް އަވަހަށް 3000 މެންބަރުން ހަމަކުރުމަށް ފަހު ޕާޓީ ރަޖިސްޓްރީ ކުރުމަށް އިލެކްޝަން އަށް ހުށައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕާޓީގެ އިފްތިތާޙީ ޖަލްސާ ފެބްރުއަރީ މަހުގެ ތެރޭގައި ހދ. ކުޅުދުއްފުށީގައި ބޭއްވުމަށް އަންނީ ތައްޔާރުވަމުންނެވެ.
ޕާޓީ ގެ މެންބަރުން ހަމަކުރުމަށް އިލެކްޝަންއިން ދީފައިވާ ތިންމަސް ދުވަހުގެ މުއްދަތް ހަމަވާނީ 14 ފެބްރުއަރީ 2025 ގައެވެ.
އިލެކްޝަންގެ ރަޖިސްޓްރީ ދައްކާގޮތުގައި ސިޔާސީ ޕާޓީގެ އަދަދަ 11 އަށް އަރައެވެ.

































