އައްޑޫ ސިޓީން ފުރައިގެން މާލެ ދަތުރު ކުރަމުންދިޔަ ”ސީމެކްސް“ ނަމަކަށްކިޔާ ބޯޓަކުން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އައްޑޫން ފުރައިގެން މާލެއަށް ދަތުރު ކުރަމުންދިޔަ އެ ބޯޓުގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ރާޖް ކުމާރް ގެއްލިފައިވާ ކަމުގެ ރިޕޯޓް ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވިގޮތުގައި، ރާޖް ކުމާރު ބޯޓުގައި ނެތްކަން އެނގުނީ އައްޑޫ އާއި ފުވައްމުލަކާއި ދެމެދު ކަނޑުމަތިން، ފުވައްމުލަކާއި އަށް މޭލު ކައިރިވެފައި ވަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ.
އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން މިހާރު ދަނީ ކުރަމުންނެވެ.
ބޯޓު އައްޑޫން ރޭ 11:30 ގައި ފުރިިއިރު، ރާޖު ކުމާރު ބޯޓުގައި ހުރިކަމަށް ފުލުހުން ވިދާޅުވީއެވެ. އަދި ރޭ 1:05 ހާއިރު ބޯޓުގެ ކެޕްޓަނާއި ވާހަކަދެއްކިކަން މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުުހުން ދަނީ އޭނާ ގެއްލުނު މައްސަލަ ތަހުގީގު ކުރަމުންނެވެ

































