ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އަށް ”އިންޒާރެއް“ ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ .
ކުޅުދުއްފުށި ސިޓީގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާއެއްގައި އެ އިންޒާރު ދިނީ އެ ޕާޓީގެ އެކްޓީވިސްޓެއް ކަމަށްވާ އަބުދުއް ރަޙްމާނު އިސްމާއިލްއެވެ.
މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީވެ އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.
ރޭގެ ޖަލްސާގައި އެމްޑީޕީގެ އެކްޓިވިސްޓް އަބްދުއްރަޙްމާން އިސްމާއިލް ބުނެފައިވަނީ މުހައްމަދު އަމީންގެ ވެރިކަމަށް ވީ ގޮތް ވެސް ދިވެހި ރައްޔިތުންނަށް ފެނިފައިވާ ކަމަށެވެ. އަދި ގާނޫނުއަސާސީއާ ކުޅޭ ކަމުގައިވާ ނަމަ، ރައީސް ޑރ. މުއިއްޒަށް ވެސް ”ރީތި ކެއްސެއް“ ލިބިގެންދާނެ ކަމަށް އަބްދުއްރަޙްމާން އިސްމާއިލް ބުނެފައިވެއެވެ.
”ކެރިގެނޭ މި ތިބީ މުހައްމަދު އަމީން ވެސް ކުޅުނީ ދުންފަތާ، މީނަ (ރައީސް މުއިއްޒު) މި ކުޅެނީ ގާނޫނު އަސާސީއާ، މުހައްމަދު އަމީން އަށް ވީ ގޮތް ވެސް ފެނިގެންދާނެ ދިވެހި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އެހެންވީމަ ގާނޫނު އަސާސި ކުޅޭ ކަމަށްވާ ނަމަ، ފެންނާނެ ރީތި ކެއްސެއް ލިބިގެންދާނެ“
އަބްދުއްރަހްމާން ބުނެފައިވެއެވެ.
ނިމިދިޔަ ހަފްތާގެ އާދިއްތަ ދުވަހު އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ހުސެއިން ޝާފިއު ވެސް ވަނީ އެކްސްގައި
ކުރި ޕޯސްޓަކާ ގުޅިގެން ފުލުހަށް ހާޒިރު ކޮށްފަކަން ފާހަގަކޮށްލެވެއެވެ.
ޝާފިއުގެ ޕޯސްޓުގައި ވަނީ ސިނގިރެޓް ފޮށްޓެއް އަގުބޮޑުވުމާއި ގުޅިގެން ހިތްހަމަނުޖެހުން ހާމަކޮށްފަ އެވެ. ޝާފިއުގެ އެ މެސެޖްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ”ކައްޒާބް“ އޭ ގޮވާ، އެމަނިކުފާނުގެ ސަރުކާރުން ސިނގިރެޓަށް ޑިއުޓީ ނަގާ މިންވަރު އަގުބޮޑުކުރުމާއި ގުޅިގެން ނުރުހުންވުން ފާޅުކޮށްފައެވެ.
ޝާފިއު ކުރި ޕޯސްޓުގައި ލިޔެފައި މިއޮތީ ”މަށަށް ކަލޭ މަގެއްމަތިން ނުފެއްނާތި!“ މިހެންނެވެ.
އެމްޑީޕީން އަންނަނީ އަންނަ އަންގާރަ ދުވަހުގެ ރޭ ”ގާނޫނުއަސާސީގެ ދިފާއު“ ގެ ނަމުގައި މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުކަން ފާހަކޮށްލެވެއެވެ.

































