މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު، ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ތަހްނިޔާ ފޮނުއްވައިފިއެވެ.
މިއަދު ފާހަގަކުރަމުންދާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި މެސެޖުގައި ނާޒިމް ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރާކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުންނަށް އެއްބައިވަންތަކަމުގެ އިހުސާސާއި ގައުމީ ރޫހު އާލާކޮށް ގެނުވައިދޭ ދުވަހެއްކަމުގައި ލެއްވުމަށް އެދި ދުޢާކުރެއްވިއެވެ.
”ޖުމްހޫރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން. މިއީ ދިވެހި ރައްޔިތުންނަށް އެއްބައިވަންތަކަމުގެ އިހުސާސާއި ގައުމީ ރޫހު އާލާކޮށް ގެނުވައިދޭ ދުވަހެއްކަމުގައި ލައްވާށި. އާމީން“. ނާޒިމް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

































