ކޮންމެ ކަމެއް ފޮރުވައި، އަވަސް އަރުވާލައިގެން، އެކަމެއް ކުރަން ޖެހޭ އުސޫލުން ބޭރުން އަމަލު ކުރާ މަންޒަރު ފެންނަ ކަމަށާއި އެހެންވެ، ކަންތައްތައް ހާމަކޮށް، ރައްޔިތުންގެ ފައިސާ ޚަރަދު ކުރުމުގައި ޒިންމާދާރުވުމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ސަރުކާރަށް ގޮވައިލައިފިއެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޣަފޫރު ވިދާޅުވީ މި އަހަރު ރިކަރަންޓު ޚަރަދު 1.5 ބިލިއަން ރުފިޔާއިން އިތުރުވެފައިވާ ކަމަށާއި، ރައްޔިތުންގެ އަތުން އިތުރަށް ޓެކްސް ނަގަން އުޅޭއިރު އެ ޚަރަދުތައް ކުޑަކުރަން ޖެހޭ ކަމަށެވެ.
ޣަފޫރު ވިދާޅުވީ މި ސަރުކާރުން ކޮންމެ ކަމެއް ފޮރުވައި، އަވަސް އަރުވާލައިގެން އެކަމެއް ކުރަން ޖެހޭ އުސޫލުން ބޭރުން އަމަލުކުރާ މަންޒަރު ފެންނަކަމަށާއި އެހެންވެ، ކަންތައްތައް ހާމަކޮށް، ރައްޔިތުންގެ ފައިސާ ޚަރަދު ކުރުމުގައި ޒިންމާދާރުވުމަށް ރައީސް ޑރ. މުހަންމަދު މުއިއްޒުގެ މި ސަރުކާރަށް ގޮވައިލާކަމަށް މެމްބަރު ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު އިތުރަށް ވިދާޅުވީ ރިކަރަންޓު ޚަރަދު ބޮޑުވާން ޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަމަށާއި ރިކަރަންޓު ޚަރަދުން ޚަރަދު ކުރަން ޖެހެނީ ރައްޔިތުންނަށް، ރައްޔިތުންނަށް ދެ ޚަރަދުތައް އެ ދަނީ ދުވަހުން ދުވަހަށް އުނިކުރަމުން، ހިފަހައްޓަމުން، ބަންދުކުރަމުން ކަމަށެވެ.

































