މި ނޮވެންބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެގޮތަށް ކަނޑައެޅުއްވީ، މި އަހަރުގެ ޖުމްހޫރީ ދުވަސް ކަމަށްވާ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަކީ، ގައުމީ ބަންދު ދުވަހަކަށް ވުމުން ޖުމްހޫރީ ދުވަހާ ގުޅިގެން އަންނަ ދުވަހަކީ ރަސްމީ ދުވަހެއް ކަމަށް ވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށްޓަކައި ކަމަށެވެ. މިގޮތަށް ހަމަ ޖެއްސެއްވުމާއި ގުޅިގެން އަންނަ ބުދަ ދުވަހުންް ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް 4 ދުވަސް ސަރުކާރު މުއައްޒަފުންނަށް ޗުއްޓީ ލިބޭނެއެވެ.
ނޮވެންބަރު 11 ފާހަގަ ކުރަނީ 1968 ވަނަ އަހަރު ރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ގާއިމްކުރި ތާރީހީ ދުވަހުގެ ގޮތުގަ އެވެ.
ރާއްޖޭގެ ރަސްމީ ބަންދު ދުވަސްތަކުގެ ތެރޭގައި ހިމެނޭ މި ދުވަހަކީ ގައުމީ ފެންވަރުގައި ކުލަގަދަކޮށް ފާހަގަކުރާ ދުވަހެކެވެ.

































