ރާއްޖޭގެ އަދުގެ ހަގީގީ ހާލަތަކީ އެއްވެސް މަޖުބޫރުކަމެެއް ނެތި ސަލާމަތީ ޚިދުމަތްތަކުން ފުރުސަތަށް އެދި އެތަށް ހާސް ޒުވާނުނެއް ވަޒީފާއަކަށް އެދި އެދި ތިބިކަންކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ، މުއިއްޒު ނަޞްރުގެ ދުވަހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅަށް ރައްދުދެއް އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގެ އަދުގެ ހަގީގީ ހާލަތަކީ އެއްވެސް މަޖުބޫރުކަމެެއް ނެތި ސަލާމަތީ ޚިދުމަތްތަކުން ފުރުސަތަށް އެދި އެތަށް ހާސް ޒުވާނުނެއް ވަޒީފާއަކަށް އެދި އެދި ތިބިކަންކަމަށާއި ވަކި ދާއިރާއަކުން ޚިދުމަތް ކުރަން މަޖުބޫރުކުރުމަކީ ޑިމޮކްރަޓިކް ނިޒާމާއި ބީރައްޓެހި ގޮތެއްކަމަށެވެ.
ވަކި ދާއިރާއަކުން ޚިދުމަތް ކުރަން ރައްޔިތުންނަށް މަޖުބޫރު ކުުރުމަކީ ޑިމޮކްރެޓިކް ނިޒާމާ ބީރައްޓެހި ކަމެއް ކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ސަލާމަތީ ޚިދުމަތްތައް ޒަމާނާ އެއްގޮތަށް ތަރައްޤީކޮށް ކުރިޔަށް ގެންދެވޭނީ ޢިލްމީ ޤާބިލު ޒުވާނުންނަށް ވެސް އެ ޚިދުމަތް ކުރުމަށް ފުރުސަތު ލިބިގެން ކަމަށެވެ.
އޯލެވެލް ގައި ރަނގަޅު ނަތީޖާއެއް ޙާސިލު ނުވާ ކުދިންނަށް އެކުއްޖެއްގެ ޝައުޤުވެރިކަން ހުރި ދާއިރާ އަކުން އިތުރު ތަމްރީނާއި ހުނަރުތައް ލިބޭނެ މަގު ފަހިކޮށްދީ ޤައުމުގެ ތަރައްޤީގައި ބައިވެރިވެ ޝާމިލުވެވޭ ގޮތަށް ޖާގަ އޮތުމަކީ އެފަދަ ޒުވާނުންގެ އުންމީދުތަކުގައި ޙަޤީގީ ކުލަޖެހިގެންދާނެ މަގު ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވަނީ އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް އޮތް ރަނގަޅު ގޮތަކީ ޒުވާނުންގެ ހުނަރުތައް ތަރައްޤީ ކުރުމަށް މަގުފަހިކޮށްދިނުން ކަމަށާއި ވަސީލަތްތައް ހޯދައިދީ، ފުރުސަތު އިތުރުކޮށްދިނުން ކަމަށްވެސް ވިދާޅުވި އެވެ.

































