ބ. މާޅޮހުގައި ގެސްޓުހައުސް ވިޔަފާރިކުރާ ފަރާތްތައް ސްކޭމްގެ މައްސަލަތަކުން ރައްކާތެރިކުރުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް މާޅޮހު ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
ފުހުންގެ ޚިދުމަތުން ބުނީ، މި އޮގަސްޓު މަހުގެ 4 ވަނަ ދުވަހު މާޅޮހު ފުލުހުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، އޮންލައިން ވިޔަފާރީގެ ސްކޭމްތަކާއި، ގެސްޓުހައުސް ހިންގާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ، ބުކިންގ ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ސްކޭމްތަކާއި އެފަދަ މައްސަލަތަކުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ. އަދި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށްކުރާ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށާއި ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ.
އިތުރުން، ބޭރު ފައިސާގެ މުއާމަލާތްތައް ކުރާއިރު ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ދިނުމާއެކު ސްކޭމްގެ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށް އިރުޝާދުދީފައިވެއެވެ.
ފުލުހުންގެ ޚިދުމަތުން ބޫނީ، މާޅޮހުގައި ހިންގާ ގެސްޓުހައުސްތަކަށް ޒިޔާރަތްކޮށް ވެރިފަރާތްތަކާ ބައްދަލުކޮށް މައުލޫމާތު ދީފައިވާ ކަމުގަ އެވެ.


































