އަންނަ ޖޫން ޖުލައިގައި ބާއްވާ ވޯލްޑް ވާލްޑްކަޕް 2026 ފުޓްބޯޅަ މުބާރާތާއި އަދި މުޖުތަމައަށް ފައިދާހުރި އެހެނިހެން ޕްރޮޤްރާމްތައް އާޓިފިޝަލް ބީޗް ސަރަހައްދުގައި ބެލޭނެ އިންތިޒާމު ހަމަ ޖެއްސުމައްޓައި ލެޑް ސްކްރީނެއް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން އާއްމުކޮށްފައިވާ އިއުލާންގައި ވަނީ އެ މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް މާލެ ސިޓީ ކައުންސިލަށް ބިޑްހުށަހެޅުމަށެވެ.
މިސަހައްދުގެ އެހެން ގައުމުތަކާއި ޚިލާފަށް ދިވެހިން އެންމެ ޝައުޤުވެރިވާ ކުޅިވަރަކީ ފުޓްބޯޅަ ކަމަށްވާތީ، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކާއި ކްލަބް ޖަމްއިއްޔާތަކުން އަދި ރަށްރަށުގައި ވެސް ގިނަ މީހުން އެއްތަނެއްގައި ތިބެގެން ވޯލްޑްކަޕް މުބާރާތް ބެލޭނެ އިންތިޒާމު ހަމަ ޖައްސައެވެ.
މިިއަހަރު ބާއްވާ ވާލްޑްކަޕްގައި ޖުމުލަ 48 ޓީމު ވާދަކުރެއެވެ. އެމެރިކާ އިސްނަގައިގެން މިހާރު ފަށާފައިވާ ހަނގުރާމަ އާއި ގުޅިގެން މިއަހަރުގެ މުބާރާތުގައި އިރާނުގެ ޓީމު ބައިވެރި ނުވާނެ ކަމަށް މިހާރު އެޤައުމުން އިއުލާން ކޮށްފައި ވެއެވެ.

































