މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އަށް ލޭ ލިބުން ދަތިވެ، އާއްމުންގެ އެހީއަށް އެދިއްޖެ އެވެ.
އެމްބީއެސް އިން ކުރި ޕޯސްޓެއްގައި ބުނީ އެ އިދާރާއަށް ލޭ ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ލޭ ދިނުމުގެ ފުރުސަތު އޮންނާނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ކަމަށެވެ.
ލޭ ދޭން އަންނަ މީހާއަކީ ބަރުދަނުގައި 45 ކިލޯއަށްވުރެ މަތީ މީހަކަަށް ވާން ޖެހޭއިރު، ލޭ ދޭން އައުމުގެ ކުރިން ހަ ގަޑިއިރުގެ ނިދި ހަމަކޮށް، އެއް ގަޑިއިރު ކުރިން ރަނގަޅަށް ކާންވެސް އިރުޝާދު ދީފައިވެ އެވެ.
އެމްބީއެސް އިން ބޭނުން ވަނީ އޭ+، އޯ+، ބީ+، އޭބީ+، ބީ-، އޯ- ލޭ ކަމަށް އެ ޕޯސްޓްގައި ވަނީ ބުނެފަ އެވެ.
ކޮންމެ ހަފްތާއެއްގެ ވެސް އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން ރޭގަނޑު 8:00 އާ ހަމައަށް ލޭ ހަދިޔާ ކުރެވޭނެ އެވެ.

































