މުދާ އުފުލާ ބޯޓެއް، ބަންޑުންޖަހާލައި، އެބޯޓުން ދަތުރުކުރި 2 މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ، ބަންޑުން ޖަހާލާފައިވަނީ ”ބަލްމާ – 6“ ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ކަމަށާއި ބޯޓު ބަންޑުން ޖަހާލީ ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ކަމަށެވެ.
އެބޯޓުން 4 މީހަކު ދަތުރުކުރި އިރު، އޭގެތެރެއިން 2 މީހަކު އެސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފަ ވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އަދި އަނެއް 2 މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އާއި ކޯސްޓްގާޑް ޑައިވަރުންގެ ޓީމެއް ކުރަމުންގެންދާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

































