2026 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ހަފުތާގެ ހުރިހާ ދުވަހެއް ހަތަރުފަހަރު ހިމެނިގެންދާކަން 2026ގެ ކަލަންޑަރުން ދައްކައިފިއެވެ.
2026ގެ ކަލަންޑަރު ބުނާގޮތުން ފެބުރުވަރީ މަހުގެ ހަފުތާގެ އާދީއްތަ، ހޯމަ. އަންގާރަ، ބުދަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަސް ހިމެނޭގޮތުގައި ކޮންމެ ދުވަހެއްވެސް މި ފެބްރުއަރީ މަހު ހަތަރުފަހަރު ފަށްކުރެއެވެ. މި އަހަރުގެ ފެބްރުއަރީ މަސް ފެށެނީ 1 ފެބްރުއަރީވާ އާދީއްތަ ދުވަހުގައެވެ. 2026 ފެބުރުވަރީ މަހަކީ 28 ދުވަސް ހިމެނޭމަހެކެވެ.
2026 ކަލަންޑަރު ބުނާގޮތުގައި 4 އާދީއްތަ ދުވަސް، 4 ހޯމަދުވަސް، 4 އަންގާރަ ދުވަސް، 4 ބުދަ ދުވަސް، 4 ބުރާސްފަތި ދުވަސް، 4 ހުކުރު ދުވަސް އަދި 4 ހޮނިހިރު ދުވަސް ހިމެނެއެވެ.
ފަލަކީ އިލްމު ދިރަސާކުރައްވާ ފަރާތްތަކުން ބުނާގޮތުގައި، މިއަހަރުގެ ފެބުރުވަރީ މަހުގެ ހުރިހާ ދުވަހައެއް ހަތަރުފަހަރު އަންނަ ގޮތައް ދިމާވަނީ ކޮންމެ 823 އަހަރަކުން އެއްފަރުގައެވެ. އެހެންކަމުން މި ފަހަރު 2026 ފެބްރުއަރީ މަހުގެ ހުރިހާ ދުވަހެއް ހަތަރުފަހަރު އަންނަގޮތައް ދިމާވުން ވެގެންދާނީ، މިޖީލަށް އަންނާނެ އެންމެ ފަހު ފަހަރުކަމަށެވެ.

































