އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކ. އަތޮޅުގެ ރަށްރަށުގައި އިޖުތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) އުފެއްދުމަށްޓަކައި ހިންގި އިބަމަ އިނިޝަލް ޓްރެއިނިންގ ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ވަނީ އިބަމައިގެ މެންބަރުންގެ ދައުރާއި، ހިފަހައްޓަންޖެހޭ އަސާސްތަކާއި، ރަނގަޅުގޮތުގައި މުވާސަލާތު ކުރުމާއި، އެކަން ކުރާއިރު ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް، ނުވަތަ މަދުކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކޮށް މަޢުލޫމާތު ހިއްސާކޮށްފައެވެ. އަދި މުޖުތަމަޢުގައި އަށަގެންފައި ހުންނަ އާދަކާދަތަކާއި އަދި ޤަބޫލުކުރުންތަކާއި ގުޅޭ މަޢުލޫމާތުގެ އިތުރުން، މުޖުތަމަޢުގައިވާ ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކަށް އިބަމަ މެދުވެރިވެގެން އެހީތެރިކަން ފޯރުކޮށްދިނުމަށް އަމަލީގޮތުން ކުރެވިދާނެ ކަންކަމަށް ވެސް އަލިއަޅުވާލައިފައިވެއެވެ.
މީގެ އިތުރުން، މި ސެޝަންތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އިސްރަށްވެހިންނާއެކު މަސައްކަތް ކުރުމުގައި ބޭނުންވާނެ މައުލޫމާތާއި ހުނަރުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަމީހުންގެ ގާނޫނާއި ގަވާއިދުގައި ހިމެނޭ މުހިންމު ކަންކަމާ ގުޅޭގޮތުން ވެސް އިބަމަ މެންބަރުންނާއި ވަނީ ހިއްސާކުރެވިފައެވެ.
ހަމައެހެންމެ، ނާޒުކު ހާލަތްތަކުގައިވާ ފަރާތްތައް ދެނެގަންނާނެ ގޮތާއި، އެ ފަރާތްތަކުގެ ހާލަތު ވަޒަންކުރުމަށް އެސެސްމެންޓް ކުރިއަށްގެންދާނެ ގޮތަށް. އޭގެ އިތުރުން، މި އެސެސްމަންޓަށް ބިނާކޮށް، އެ ފަރާތްތަކަށް އެހީތެރިވުމަށް އިންޓަވެންޝަން ޕްލޭންތައް އެކުލަވާލާނެ ގޮތުގެ މަޢުލޫމާތުވެސް ބައިވެރިންނަށް ފޯރުކޮށްދީފައިވެއެވެ.
މި ތަމްރީން ޕްރޮގްރާމުގެ ފުރަތަމަ ދުވަހުގެ ސެޝަންތަކުގައި ވަނީ އިބަމައިގެ މެންބަރުންގެ ދައުރާއި، ހިފަހައްޓަންޖެހޭ އަސާސްތަކާއި، ރަނގަޅުގޮތުގައި މުވާސަލާތު ކުރުމާއި، އެކަން ކުރާއިރު ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް، ނުވަތަ މަދުކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކޮށް މަޢުލޫމާތު ހިއްސާކޮށްފައެވެ. އަދި މުޖުތަމަޢުގައި އަށަގެންފައި ހުންނަ އާދަކާދަތަކާއި އަދި ޤަބޫލުކުރުންތަކާއި ގުޅޭ މަޢުލޫމާތުގެ އިތުރުން، މުޖުތަމަޢުގައިވާ ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކަށް އިބަމަ މެދުވެރިވެގެން އެހީތެރިކަން ފޯރުކޮށްދިނުމަށް އަމަލީގޮތުން ކުރެވިދާނެ ކަންކަމަށް ވެސް އަލިއަޅުވާލައިފައިވެއެވެ.
މި ޕްރޮގްރާމްގައި ކ. އަތޮޅުގެ 09 ރަށުންނާއި، ހުޅުމާލެ ނެއިބަހުޑް ޕޮލިސްއިން ޖުމްލަ 36 ފަރާތެއް ބައިވެރިވެފައިވެއެވެ.

































