މޯބައިލް ފޯނަކީ އަހަރެމެންގެ ދިރިއުޅުމުގެ މުހިންމު ބައަކަށް ވަނީ ވެފެ އެވެ. އެ ވަސީލަތާއި ނުލާ މިހާރު ދިރިއުޅުމުގައި އެއްވެސް ކަމެއް ފުރުހަމަ ވާންނެތޭ ބުނުމަކީ މުޅި އެކުން ދޮގަކަށް ނުވާނެ އެވެ. އެހެން ކަމުން ކުރާ ކޮންމެ ކަމެއްގައި ފޯނުގެ ބޭނުން ކުރަން ޖެހެ އެވެ. ތަނަކަށް ދިޔަޔަސް، އެއްޗެއް ކެޔަސް، ބުޔަސް ފޯނާއި ނުލައި މިއަދު ވާކަށް ނެތެވެ.
މިޒަމާނުގައި ނިދުމަށް ވެސް ފޯުގެ މުހިންމުކަން ވަރަށް ބޮޑެވެ. ބައެއް މީހުންނަށް ފޯނުން ޓިކްޓޮކް، ފޭސްބުކް، އިންސްޓަގްރާމް ނޫނީ ސީރީސް އެއް ބަލާލައިގެން ނޫނީ ނިދަންވެސް ނޯވެ އެވެ. ނިދެނީ ވެސް އަނެއްކޮޅުން ހޭލެވެނީ ވެސް ފޯނުންނެވެ.
ހަމައެއާއެކު ނިދާ ވަގުތުގައި ކަންފަތަށް ހެޑްސެޓް ޖަހައިގެން ނުވަތަ ފޯނު ކަންފަތް ދޮށުގައި ބާއްވައިގެން ނިދާ މީހުންގެ އަދަދު އިތުރުވެފައިވާއިރު، މިއީ ވަރަށް ގެއްލުބްހުރި ކުރަން ނުވާވަރު ކަމެއްކަން ދަންނަނީ ވަރަށް މަދު މީހެކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ކަންފަތް ދޮށުގައި ފޯނު ބާއްވައިގެން ނިދުމަކީ މީހާގެ ސިކުނޑިއަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިވާ އަދި ކެންސަރަށް ވެސް މަގުފަހިވާ ކަމެކެވެ. ޚާއްސަކޮށް ކުޑަކުދިން ކައިރީ ފޯނު ބޭއްވުމަކީ ނުރައްކާތެރި ކަމެކެވެ. ފޯނުގެ ރޭޑިއޭޝަނުގެ ސަބަބުން ކުދިންގެ ސިކުނޑިއަށް ވަރަށް ބޮޑަށް އަސަރުކުރެ އެވެ. އަދި އެކުދިންގެ އެހެން ގުނަވަންތަކަށް ވެސް ގެއްލުންވާ ކަމަށް ހޯދުންތަކުން އެނގިފައިވެ އެވެ.
ކައިރީގައި ފޯނު ބާއްވައިގެން ނިދުމުން ފޯނުން ބޭރު ކުރާ ރޭޑިއޭޝަންގެ ސަބަބުން މީހާގެ ސިކުނޑިއަށް ގެއްލުން ލިބުމުގެ އިތުރުން ދަރިމައިވުމަށް ވެސް ހުރަސްއަޅާ ކަމަށް އެ ދިރާސާގައިވެ އެވެ.
ކެލެފޯނިއާގެ ހެލްތު ޑިޕާޓްމަންޓުން ހެދި އެ ދިރާސާއިން ދައްކާ ގޮތުގައި ފޯނުން ދޫކުރާ ރޭޑިއޭޝަނުން ސިކުނޑިއާ ހަމައަށް ވާސިލްވެ އަދި އެގޮތުން ވާސިލްވާ ރޭޑިއޭޝަންގެ ސަބަބުން ހެދި ބޮޑުވަމުން އަންނަ ސިކުނޑިއަށް ވެސް އެއިން ނޭދެވޭ އަސަރުތައް ކުރެ އެވެ.
އެހެން ކަމުން ފޯނު ގެންގުޅުމުގައި އެންމެ ރައްކާތެރި ގޮތަކީ އަތް ދަބަހަށް ފޯނު ލައިގެން ގެންގުޅުން ކަމަށް އެ ދިރާސާގައި ލަފާ ދީފައިވެ އެވެ.

































