އަހަރުގެ މިހާތަނަށް މުޅިން އަލަށް ޓޫރިޒަމް ދާއިރާ އަށް 2،900 އަށް ވުރެ ގިނަ އެނދު ނެރެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރު ފެށުނު އިރު ބެޑް ކެޕޭސިޓީއަކީ 63،248 އެނދެވެ. އެއީ ރިސޯޓުތަކުން 42،547 އެނދާއި ގެސްޓް ހައުސްތަކުން 15،621 އެނދާއި ހޮޓާތަކުން 2،028 އެނދާއި ސަފާރީތަކުން 3،052 އެނދެވެ.
ނަމަވެސް މިހާރު މުޅި ޖުމްލަ ބެޑް ކެޕޭސިޓީ 66،235 އަށް އަރަ އެވެ. އެއީ ރިސޯޓުތަކުން 44،247 އެނދާއި ގެސްޓް ހައުސްތަކުން 16،068 އެނދާއި ހޮޓާތަކުން 2،598 އެނދާއި ސަފާރީތަކުން 3،322 އެނދާ އެކީގަ އެވެ.
އެހެންވެ މި އަދަދުތަކަށް ބަލާ އިރު، އަހަރުގެ މިހާތަނަނަށް 2،987 އެނދު އިތުރުވެފައިވެ އެވެ.
މި މަހުގެ 11 އާ ހަމައަށް 176 ރިސޯޓް ހިންގަނުން އަންނަ އިރު، 935 ގެސްޓުހައުސް އާއު 168 ސަފާރީ، 16 ހޮޓާ ހިމެނޭހެން ޖުމްލަ 1،295 ޓޫރިސްޓު ފެސިލިޓީއެއ އަންނަނީ ހިންގަމުންނެވެ.
އަހަރުގެ މިހާތަނަށް ރާއްޖެ 1.9 މިލިއަން ޓޫރިސްޓުން އައިސްފައިވާ އިރު، ޓާގެޓަކީ އަހަރު ނިމުމުގެ ކުރިން 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

































