ހއ.އުތީމު ގަނޑުވަރަށް ވޭތުވެ ދިޔަ ސެޕްޓެމްބަރ މަހު 747މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެވުޒާރާއިން އާއްމުކޮށްފައިވާ ތާފާސް ހިސާބުތަކަށް ބަލާއިރު ވޭތުވެ ދިޔަ ސެޕްޓެމްބަރ މަހު 54ފަތުރުވެރިންނާއި، 442ދިވެހިން ޒިޔާރަތްކޮށްފައި ވެއެވެ. އަދި 177 ކުޑަކުދިންނާއި 74 ވަފުދެއްވެސް އުތީމު ގަނޑުވަރަށް ޒިޔާރަތްކޮށްފައިވާ ކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އުތީމު ގަނޑުވަރަކީ ޕޯޗްކީޒުންގެ އަޅުވެތި ކަމުން ދިވެހި ރާއްޖެ ސަލާމަތްކުރެއްވި ޤައުމީ ބަޠަލް ބޮޑުތަކުރުފާނުގެ ދިރިއުޅުއްވި ގަނޑުވަރެވެ. އެގަނޑުވަރު މިހާރު ބަލަހައްޓަވަނީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުންނެވެ.

































