“މަޢުރިފާ“ގެ ނަމުގައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބާއްވާ ފޮތް މަޢުރަޒު މިއަދު ފަށައިފިއެވެ.
އިސްމާލީކަންތައްތަކާއި ބެހޭ ވުޒާރައިން ބުނީ، ’ފޮތްތެރިކަން – ބުއްދީގެ ކާނާ‘ މި މަޢުޟޫއުއަށް ބާއްވާ މި މަޢުރަޒުގެ މަޤުސަދަކީ ފޮތް އުފައްދާ ފަރާތްތަކާއި ފޮތްވިއްކާ ފަރާތްތަކަށް އެ ފަރާތްތަކުގެ ފޮތްތައް ވިއްކުމުގެ ފުރުސަތު ހޯދައިދިނުމާއި ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް އަގުހެޔޮކޮށް ފޮތް ގަތުމުގެ ފުރުސަތު ހޯދައިދިނުމެވެ.
އަދި މި މައުރަޒުން ޖާގަ ދީފައިވަނީ އެކަމަށް އެދި ހުޅުވާލި ފުރުސަތުގައި އެންމެން ކުރިން ފޯމު ހުށައެޅި ފަރާތްތަކުގެ ތަރުތީބުން ކަމުގައި އިސްލާމީކަންތައްތަކާބެހޭ ވުޒާރައިން ހާމަކޮށްފައިވެއެވެ. އަދި މި މައުރަޒުގައި ތަފާތު އެކި ވައްތަރުތަކުގެ ފޮތްތައް ހިމެނިފައިވާކަން ކަމަގައި ވެސް ހާމަކޮށްފައިވެއެވެ.
މި މަޢުރަޒު ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

































